
އިންތިޚާބުތަކާއި ދިމާކޮށް ވަޢުދު ވާންވާނީ ވަޢުދު ފުއްދޭވަރުގެ ބޭފުޅުންކަމަށާއި، ރައީސް ޔާމީނަކީ ވަޢުދު ފުއްދޭވަރުގެ ބޭފުޅެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.
މެންބަރު އަމީތު މިހެން ވިދާޅުވީ މިރޭގުޅިފައިވާ ޕާޓީތަކުން ޅ.ކުރެންދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އަމީތު ވިދާޅުވީ ރައީސް ޔާމީން ފުއްދަވަންޖެހޭ ވަޢުދުތައް މެނިފެސްޓޯގައި ވާ ކަމަށާއި، ނަމަވެސް އޭގައިހުރި ވަޢުދުތައްވެސް ފުއްދައި ނުދެވުނުކަމަށެވެ. އޭގެ ބަދަލުގައި ކޮންމެ ރައްޔިތެއްގެ ބޮލަށް މަދުވެގެން ދޮޅުލައްކަ ރުފިޔާގެ ދަރަންޏެއް އެބައޮތްކަމަށާއި، އަދި މުޅި ރާއްޖެ 47 ބިލިއަން ރުފިޔާއިން ދަރުވާލާފައިވާ ކަމަށް އަމީތު ވިދާޅުވި އެވެ.
އަމީތު ވިދާޅުވީ ޕީޕީއެމްގެ މެނިފެސްޓޯގައި ވަޢުދުތަކުގެ ވާހަކަ ލިއުނީ ރައްޔިތުންނަށް އެކަންކަން ހަމަޖައްސައިދިނުމަށް ކަމަށާއި، ނަމަވެސް އެކަންކަން ނުކުރައްވާ އިތުރަށް ރައީސް ޔާމީނަށް ވެވޭނެ ވަޢުދެއް ނެތްކަމަށެވެ. އަމީތު ވިދާޅުވީ ރައީސް ޔާމީން އިތުރު ދައުރަކަށް ހޮވިވަޑައިގެންފިނަމަ ދިވެހިންނަށް ދެމުންދާ އެކިއެކި ޕެންޝަނަށްވެސް ބަދަލުގެންނާނެ ކަމަށެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުނަށްދޭ ފައިސާ ނުދިނުމަށް ދުވަސްވީ މީހުންގެ އުމުރަކީ 75އ. ކަމުގައި ހައްދަވާނެ ކަމަށްވެސް އަމީތު ވިދާޅުވި އެވެ.
އަމީތު ވިދާޅުވީ ރައްޔިތުން ވޯޓުލާއިރު، ވޯޓުދޭންވީ އަމާނާތްތެރިންނާއި އޯގާތެރިންނަށް ކަމަށާއި، ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި ރަނިންމޭޓް ފައިސަލް ނަސީމް ކަމަށެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ދިއްދޫ ދާއިރާގެ މެންބަރު އަބުދުއްލަތީފު މުހައްމަދު ވިދާޅުވީ ރައީސް ޔާމީނަކީ ފިނޑިއެއް ކަމަށާއި، ކުރިއަށްއޮތް އިންތިޚާބުގައި ޕާޓީތަކުގެ ކެންޑިޑޭޓުންނަށް އޮތް ތާއީދު ފެނިގެންދާނެ ކަމަށެވެ.
މެންބަރު ލަތީފު ވިދާޅުވީ ރައީސް ޔާމީނަކީ އިޤްތިސޯދީ މާހިރެއްކަމަށް ވިދާޅުވެ ރައްޔިތުންނަށް އޮޅުވާލައި އިތުރުފުޅު ހައްދަވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ. ނަމަވެސް އިތުރަށް ރައްޔިތުންނަށް އޮޅުވާލަން ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވެ މެންބަރު ލަތީފު ވިދާޅުވީ، އިއްތިހާދުގެ ކެންޑިޑޭޓާއި ރަނިންމޭޓަކީ ދިވެހިންނަށް ރަނގަޅު މުސްތަޤްބަލެއް ހޯދަދެއްވާނެ ދެބޭފުޅުން ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު