
މާލެ އާއި ހުޅުލެ އާދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖު މަތީ ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ވީނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ހިނގި އެ އެކްސިޑެންޓަކީ ދެ ސައިކަލު ޖެހިގެން ހިނގި އެކްސިޑެންޓެކެވެ. އަދި މިއެއެކްސިޑެންޓްގައި ބައެއް މީހުންނަށް އަނިޔާވިިއިރު، މިކަމުގެ އިތުރު ތަފްސީލް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
މީގެ އިތުތުރުން ރޭ ހުޅުލެ ލިންކް ރޯޑާއި ތާރު އަޅައިގެން ހެދި ބޮޑުތަކުރުފާނު މަގުގައި ވެސް ދެ އެކްސިޑެންޓެއް ވެސް ވަނީ ހިނގައިފައެވެ. މި އެކްސިޑެންޓްތަކާއި ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
މާލެ އާއި ހުޅުލެ އާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖް ހުޅުވާލީ އިއްޔެއެވެ. ބްރިޖު ހުޅުވާލި ވަގުތުން ފެށިގެން މިހާރު ވެސް ގިނަ އަދަދެއްގެ މީހުން ދަނީ އެބުރިޖު މަތީގައި ދަތުރު ކުރަމުންނެވެ.
ބްރިޖުގައި ވެހިކަލްތަކަށް ޖުމްލަ ހަތަރު ލޭން އޮވެ އެވެ. އެއީ ހުޅުލޭ ކޮޅަށް ހާއްސަ ދެ ލޭނާއި މާލޭ ކޮޅަށް ދެ ލޭނެވެ. މާލޭ ކޮޅުގެ ދެ ލޭންގައި، 3.5 މީޓަރު ހުންނައިރު، އަނެއް ދެ ލޭންގައި 3.2 މީޓަރު ހުންނާނެ އެވެ.
ބްރިޖުގެ ވެހިކަލްތައް ދުއްވާ ލޭންތަކުގައި ހިނގާފައި އުޅުމަކީ މަނާ ކަމެކެވެ.
ބްރިޖް ހުޅުވާލާފައިވާއިރު ސިނަމާލެ ބްރިޖް ހުރަސްކުރާ ދެ ފުރޮޅުލީ އުޅަނދު ތަކުގައި ދަތުރުކުރާ ފަރާތްތައް ހެލްމެޓް ބޭނުން ކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން އިއްޔެ ވަނީ އިލްތިމާސް ކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު