
މުޅި ތައުލީމީ ނިޒާމް އޮޅުންބޮޅުންކޮށް ފުނޑުފުނޑު ކޮށްލާފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މާމިގިލީގައި ބޭއްވި ޖަލްސާގައި، ރައީސް ޔާމީންގެ ތައުލީމީ ސިޔާސަތައް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ޝިފާ ވިދާޅުވީ، ކުދިންގެ ކިޔެވުމުގެ އެންމެ މުހިންމު މަރުހަލާ ކަމަށްވާ ޕްރީ ސުކޫލްގެ މަރުހަލާ ރައީސް ޔާމީނުގެ ވެރިކަމުގައި ހަލާކުކޮށްލާފައިވާ ކަމަށެވެ.
ސުކޫލު މަދަރުސާތައް އެއްދަންފަޅިއަށް ބަދަލުކުރީމާ މައިންބަފައިންނަށް ވީފަސޭހަ އެމައިންބަފައިންނަށް އިނގޭނެ ކަމަށާ، އެހެން ނަމަވެސް އެމްޑީޕީ ސަރުކާރުން އެއްދަންފަޅިއަށް ކިޔަވަދޭން އެޅި ކުލާސްރޫމުތަކަށް އެއްވެސް ބެލުމެއްނެތި ދެދަންފަޅިއަށް ކިޔަވައިދޭން ފެށުން އެއީ ނުބައި ހީލަތްތެރި ރޭވުމެއް ކަމަށް ޝިފާ ވިދާޅުވިއެވެ.
ޖީލުތަކުގެ ކުދިންގެ ތައުލީމުގެ އެންމެ މުހިންމު އަސާސް ބިނާވަނީ ސުމަކުން ފެށިގެން ހަތަރުފަސް އަހަރަށް ކަމަށާ އެދެމެދުގެ އެންމެ މުހިންމު ތައުލީމީ ދައުރު ރައީސް ޔާމީނުގެ އަމިއްލަ ބޭނުމަކަށް ހަލާކުކޮށްލަފައިވާ ކަމަށް ޝިފާ ވިދާޅުވިއެވެ.
ޝިފާ ވިދާޅުވީ މިސަރުކާރުން ކުދިންގެ މުޅި ތައުލީމީ ހަޔާތް ގެއްލުވާލައި އޮޅުންބޮޅުން ކޮށްލައި ތައުލީމީ ނިޒާމް ފުނފުޑުކޮށްލާފައިވާ ކަމަށެވެ.
ރާއްޖޭގެ ތައުލީމީ ހަޔާތަކީ އެތަކެއް ބައެއްގެ މިންނެތް މަސައްކަތުން ކޮޅަށް ނަގާފައިވާ ތައުލީމީ ނިޒާމެއް ކަމަށާއި، އެހެން ނަމަވެސް، ރައީސް ޔާމީނަކަށްވެސް ވާނުވާއެއް ނޭނގޭ ކަމަށާއި، ޓީޗަރުން ލައްވާ ސިޔާސީ ހަރަކާތް ހިންގުން ނޫންކަމެއް ނުކުރައްވާ ކަމަށް ޝިފާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު