
ޖެހިޖެހިގެން ތިން ވޯލްޑް ކަޕެއްގައި ލަނޑުޖެހި ހޮލެންޑްގެ ފުރަތަމަ ކުޅުންތެރިޔާ އަށް ރޮބިންވޭންޕާސީ ވެއްޖެ އެވެ.
މި ފަހަރުގެ މުބާރާތުގައި ސްޕޭން ކޮޅަށް ޖެހި ދެ ގޯލު ޖެހިއިރު އޭނާ އަކީ ހޮލެންޑްގެ ގައުމީ ޓީމަށް ވެސް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. ވެންޕާސީ ވަނީ 2006 އާއި 2010ގެ ވޯލްޑް ކަޕުގައި ލަނޑު ޖަހާފަ އެވެ.
އޭނާގެ ކެޕްޓަންކްމުގެ ދަށުގައި ހޮލެންޑާ މިރޭ އޮސްޓްރޭލިޔާއާ ދެކޮޅަށް ނުކުންނައިރު ދެ ޓީމަށް ވެސް މެޗުން މޮޅުވުން މުހިންމެވެ. އޮސްޓްރޭލިޔާ ބަލިވެއްޖެނަމް ގާތްގަނޑަކަށް މުބާރާތުން ކެޓީ އެވެ. ހޮލެންޑް ބަލިވެއްޖެނަމަ ދެ ބުރަށް ދިއުމަށް އިތުރު މެޗަކަށް އިންތިޒާރު ކުރަންޖެހޭނެ އެވެ. މި ދެ ގައުމުގެ ތެރެއިން އޮސްޓްރޭލިޔާ ވަނީ ފުރަތަމަ މެޗުގައި ޗިލީ އަތުން ބަލިވެފަ އެވެ. ހޮލެންޑް ފުރަތަމަ މެޗުގައި މޮޅުވީ ޗެމްޕިއަން ގަދަފަދަ ސްޕޭން އަތުންންނެވެ.
އޮސްޓްރޭލިޔާގެ ކޯޗު ޕޮސްޓެކޮގްލޫ ޓީމުގެ ފަހަތަށް ބަދަލުގެންނާނެ އެވެ. އެއީ އަނިޔާގެ ސަބަބުން އިވާން އަށް މުބާރާތުގައި ދެން ނުކުޅެވޭނެތީ އެވެ. މިހެންވެ ސެންޓަރަލް ޑިފެންޑަރު ތަން މިރޭ ކުޅޭނެ ކަމަށް ބެލެވެނީ ކަނާތުބެކަށެވެ. މިއާ ހިލާފަށް ހޮލެންޑުން މިރޭ ފޯމޭޝަނަށް ބަދަލު ގެނައުން ގާތެވެ. ޗެމްޕިއަން ސްޕޭނާ ދެކޮޅަށް 5-3-2ގެ ފޯމޭޝަނަށް ކުޅުނު ނަމަވެސް މިރޭ ކުރިއަށް ތިން ފޯވަޑުން ލައްވައި ކުޅުވަން ކޯޗު ލުއިސް ވެންގާލް ބޭނުންވެ އެވެ. އޭނާގެ ޓީމަށް އަނިޔާގެ އެއްވެސް މައްސަލައެއްނެތެވެ.
މިއީ މި ދެ ގައުމު ވޯލްޑް ކަޕުގައި ކުޅޭ ފުރަތަމަ މެޗެވެ. އެކަމަކު އެންމެ ފަހުން ކުޅުނު ތިން ފަހަރު ވެސް އޮސްޓްރޭލިޔާ ބަލިވެފައެއްނުވެ އެވެ. އަނެއްކޮޅުން ހޮލެންޑް އެންމެ ފަހުން ވޯލްޑް ކަޕުގައި ކުޅުނު 11 މެޗުން ވެސް ބަލިވެފައެނުވެ އެވެ.
ކިޔުންތެރިންގެ ހިޔާލު