
މިހާތަނަށް ބައިނަލްއަގުވާމީ ތިން ސިންގަލްސް ނެރެ ލަވަ ކިޔުމުގެ ހުނަރު ދައްކާފައިވާ ބޮލީވުޑްގެ ބަތަލާ ޕްރިޔާންކާ ޗޯޕްރާ ބޮލީވުޑްގެ ފިލްމަކަށް ލަވައެއް ކިޔުމަށް ތައްޔާރުވެއްޖެ އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޕްރިޔާންކާ ފުރަތަމަ ކިޔަނީ "މޭރީ ކޮމް" ގެ ލަވައެކެވެ.
ޓްވިޓާ މެދުވެރިކޮށް މި ހަބަރު ޕްރިޔާންކާވެސް ވަނީ ތެދުކޮށްދީފަ އެވެ. ޕްރިޔާންކާ ކިޔާފަވާ ބައިނަލް ތިން ލަވައިން އޭނާއަށްވަނީ ވަރަށް ބޮޑު މަޝްހޫރުކަމެއް ލިބިފައެވެ. އެ ތިން ލަވައަކީ ރެޕަ ވިލް އައި އޭމް އާއެކު ތައްޔާރު ކޮށްފައިވާ "އިން މައި ސިޓީ" އާއި ޕިޓްބުލް އާއެކު ތައްޔާރު ކޮށްފައިވާ "އެގްޒޯޓިކް" އަދި "އައި ކާންޓް މޭކް ޔޫ ލަވް މީ" އެވެ.
މޭރީ ކޮމްގައި ޕްރިޔާންކާ ކުޅެނީ އިންޑިޔާގެ ޒުވާން ބޮކްސިން ތެޅުންތެރިޔާ މޭރީ ކޮމް ގެ ރޯލެވެ.
ކިޔުންތެރިންގެ ހިޔާލު