
އިނގިރޭސި އެފްއޭކަޕްގެ ހަތަރުވަނަ ބުރަށް މެންޗެސްޓާ ސިޓީ ދަތުރުކޮށްފި އެވެ.
ސިޓީ ހަތަރު ވަނަ ބުރަށް ދަތުރު ކުރީ ރޭ ވެސްޓްހަމް ޔުނައިޓެޑް އަތުން ފަސޭހަކަމާއެކު 0-5 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.
މިއީ އެފްއޭކަޕްގެ ތާރީހުގައި ވެސް ވެސްޓްހަމްގެ ދަނޑުގައި ކުޅެ އެޓީމު މިހާ ތަފާތު ބޮޑު ނަތީޖާއަކުން، ބަލިވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ރޭ ކުޅުނު މި މެޗުގައި ސިޓީގެ ލަނޑުތައް އެޓީމަށް ކާމިޔާބު ކޮށްދިން ކުޅުންތެރިންނަކީ ޔާޔާ ޓޫރޭ އާއި ޑޭވިޑް ސިލްވާއާއި ސާޖިއޯ އަގުއެރޯ އަދި ޖޯން ސްޓޯންސްއެވެ. އަދި މިމެޗުގައި ސިޓީއިން ޖެހި އަނެއް ލަނޑަކީ ވެސްޓް ހޭމްގެ ފަހަތަށް ކުޅޭ ހަވާޑް ނޯވޭއިޓް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ
މިމުބާރާޓުގެ ހަތަރުވަނަ ބުރުގައި ސިޓީ ބައްދަލުކުރަންޖެހޭ ޓީމެއް އެނގޭނީ މުބާރާތުގެ ތިންވަނަ ބުރުގެ މެޗުތަށް ނިމުމުން، ބާއްވާ ގުރުއަތުލުމުންނެވެ.
ކިޔުންތެރިންގެ ހިޔާލު