
އެޗްވަންއެންވަންއަށް ފަރުވާ ހޯދަމުން ދިޔަ މާބަނޑު މީހަކު މިއަދު ހެނދުނު މަރުވެއްޖެ އެވެ.
އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންދާތާ ގިނަ ދުވަސްތަކެއް ފަހުން މިއަދު ހެނދުނު މަރުވީ އުމުރުން 29 އަހަރުގެ މީހެއް ކަމަށް މައުލޫމާތު ލިބެ އެވެ.
މިކަން ޔަގީންކޮށްދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު މަރުވި މާބަނޑު މީހާއަށް އެހޮސްޕިޓަލްގައި ފަރުވާ ދޭން ފެށީ މިމަހުގެ ފަސްވަނަ ދުވަހު ކަމަށެވެ.
މި އަންހެން މީހާ މިއަދު މަރުވިއިރު ފަރުވާ ދެމުންދިޔައީ ވެންޓިލޭޓަރުގައި ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް މިއަންހެން މީހާގެ އިތުރު ތަފްސީލް ހިއްސާކުރައްވާފައެއް ނުވެ އެވެ.
އެޗްވަންއެންވަންއަށް ޕޮޒިޓިވް ވުމާ ގުޅިގެން ފަރުވާ ދެމުން ގެންދާ މާބނޑު މީހަކު ސިޒޭރިއަން ހަދާފައިވާ އިރު އެމީހާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.
ކިޔުންތެރިންގެ ހިޔާލު