
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރި ކުރާ އެސްޓީއޯއިން 226.6 މިލިއަން ރުފިޔާއަށް ގަތް ތެޔޮ ޓޭންކަރު ރާއްޖެ ގެނެސްފި އެވެ.
ޖަރުމަނުގެ ކުންފުންޏަކުން ގަތް މިބޯޓަކީ 25،000 މެޓްރިކްޓަންގެ ޓޭންކަރެކެވެ. މިޓޭންކަރަށް ކިޔާ ފައިވާ ނަމަކީ "އެމްޓީ އަލިމަސް" އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ ގެނާ މިޓޭންކަރުގެ އޮޕަރޭޝަން ރަސްމީކޮށް ފެށުމުގެ ގޮތުން އެސްޓީއޯއިން އާދިއްތަ ދުވަހު ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ވިދާޅުވީ އެސްޓީއޯއަކީ އާންމު ރައްޔިތުންނަށްދޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކުންފުންޏެއް ކަމަށެވެ. އަދި "އެމްޓީ އަލިމަސް" ގެ ޓެކްނިކަލް އޮޕަރޭޝަން ބަލަހައްޓާނީ އެސްޓީއޯގެ ޓެކްނިކަލް ޓީމަކުން ކަމަށާއި އެސްޓީއޯގެ "އަލިހުރަސް" އަދި "އަލިމަސް" ތެޔޮ ބޯޓުގެ ސަބަބުން އެހެން ބަޔަކަށް ބަރޯސާނުވެ އެސްޓީއޯގެ ފިއުލް އޮޕަރޭޝަންސް ކުރިއަށް ގެންދެވޭނެ ކަމަށް ޝަހީރު ވިދާޅުވިއެވެ.
އެސްޓީއޯއިން ބުނީ، އަލަށް ގެނާ މިޓޭންކަރަކީ މީގެ 12 އަހަރުކުރިން ބަދެފައިވާ ޓޭންކަރެއް ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު