
ހޮލީވުޑްގެ ފަންނާނުންގެ ބޮޑެތި އުންމީދުތަކެއް ގުޅިފައިއޮތް "ގްރެމީސް 2018" ނިމިގެން ދިޔަ އިރު އެންމެ އުފަލުން ހުރީ އެމެރިކާގެ ލަވަކިއުންތެރިޔާ ބުރޫނޯ މާސް އެވެ.
ްގްރެމީ އެވޯޑްސް ގައި ހަ އެވޯޑު ހޯދި ބްރޫނޯ މާސް އަކީ މުޅި ހަފްލާގެ އެންމެ ޝަރަފުވެރި ފަރާތެވެ. އެންމެ މޮޅު އަލްބަމްގެ އެވޯޑާއި އެންމެ މޮޅު ލަވަ އަދި އަހަރުގެ ރިކޯޑް މުގުރާލި ލަވައަށް ދޭ އެވޯޑްވެސް ގެންދިޔައީ ބްރޫނޯ މާސް އެވެ.
އެވޯޑްތައް ލިބުމުން ހަފްލާއަށް އައިސްތިބި އެހެންފަންނާނުންނާއި މުހާތަބު ކުރަމުން ބްރޫނޯ މާސް ބުނީ އެހެން ފަންނާނުންނަށް އިހްތިރާމް އަދާ ކުރާ ކަމަށާއި، އޭނާއަށް މިދާއިރާގައި ދެމިހުރެވެނީ އެ އާޓިސްޓުންގެ ސަބަބުން ކަމަށެވެ.

ގްރެމީސް 2018 ގެ އެވޯޑްތައް ލިބުނު ފަރާތްތައް:
- އަލްބަމް އޮފް ދަ އިޔާ - ބުރޫނޯ މާސް، 24ކޭ މެޖިކް
- ރިކޯޑް އޮފް ދަ އިޔާ - ބުރޫނޯ މާސް، 24ކޭ މެޖިކް
- ބެސްޓް އާ އެންޑް ބީ އަލްބަމް - ބުރޫނޯ މާސް، 24ކޭ މެޖިކް
- ސޯންގް އޮފް ދަ އިޔާ - ބުރޫނޯ މާސް، ދެޓްސް ވަޓް އައި ލައިކް
- ބެސްޓް އާރް އެންޑް ބީ ޕާފޯމެންސް - ބްރޫނޯ މާސް، ދެޓްސް ވަޓް އައި ލައިކް
- ބެސްޓް އާ އެންޑް ބީ ސޯންގް - ބްރޫނޯ މާސް، ދެޓްސް ވަޓް އައި ލައިކް
- ބެސްޓް ރޮކް އަލްބަމް - ދަ ވޯ އޮން ޑްރަގްސް
- ބެސްޓް ޕޮޕް އަލްބަމް - އެޑް ޝީރަން، ޑިވައިޑް
- ބެސްޓް ނިއު އާޓިސްޓް - އެލަސިއާ ކާރާ
- ބެސްޓް ރެޕް އަލްބަމް - ކެންޑްރިކް ލާމާ
- ބެސްޓް ޕޮޕް ސޯލޯ ޕާފޯމެންސް - އެޑް ޝީރަން، ޝޭޕް އޮފް ޔޫ
- ބެސްޓް ޕޮޕް ޑުއޯ/ގްރޫޕް ޕާފޯމެންސް - ޕޯޗުގަލް ދަ މޭން، ފީލް އިޓް ސްޓިލް
- ބެސްޓް ޑާންސް ރިކޯޑިން - އެލްސީޑީ ސައުންޑް ސިސްޓަމް - ޓްނައިޓް
- ބެސްޓް ޑާންސް/އިލެކްޓްރޯނިކް އަލްބަމް - ކްރާފްޓްވެކް، ތްރީ ޑީ ދަ ކެޓަލޮގް
- ބެސްޓް ރޮކް ޕާފޯމެންސް - ލިއޮނާޑް ކޯހެން ، ޔޫ ވޯންޑް އިޓް ޑާކާ
- ބެސްޓް މެޓަލް ޕާފޯމެންސް - މަސްޓަޑަން، ސުލްތާންސް ކާސް
- ބެސްޓް ރޮކް ސޯންގް - ފޫ ފައިޓާސް، ރަން
- ބެސްޓް ރޮކް އަލްބަމް - ދަ ވޯ އޮން ޑަރްގްސް، އަ ޑީޕާ އަންޑަސްޓޭންޑިން
- ބެސްޓް އަލްޓަނޭޓިވް އަލްބަމް - ދަ ނޭޗަނަލް، ސްލީޕް ވެލް ބީސްޓް
- ބެސްޓް އާބަން ކޮންޓެމްޕަރަރީ އަލްބަމް - ދަ ވީކެންޑް، ސްޓާބޯއީ
- ބެސްޓް ރެޕް ޕާފޯމެންސް - ކެންޑްރިކް ލާމާ، ހަމްބަލް
- ބެސްޓް ރެޕް/ސަންގް ޕާފޯމެންސް - ކެންޑްރިކް ލާމާ، ރިހާނާ، ލޯޔަލްޓީ
- ބެސްޓް ރެޕް ސޯންގް - ކެންޑްރިކް ލާމާ، ހަމްބަލް
- ބެސްޓް ކަންޓްރީ އަލްބަމް - ކްރިސް ސްޓެޕްލެޓަން، ފްރޮމް އަ ރޫމް: ވޮލިއުމް 1
- ބެސްޓް މިއުޒިކަލް ތިއޭޓަރ އަލްބަމް - ޑިއާ އީވަން ހަންސެން
- ބެސްޓް ކޮމްޕިލޭޝަން ސައުންޑްޓްރެކް ފޯ ވިޝުއަލް މީޑިއާ - ލާ ލާ ލޭންޑް
- ބެސްޓް ސްކޯ ސައުންޑްޓްރެކް ފޯ ވިޝުއަލް މީޑިއާ - ލާ ލާ ލޭންޑް (ޖަސްޓިން ހާވިޓްޒް)
- ބެސްޓް ސޯންގް ރިޓެން ފޯ ވިޝުއަލް މީޑިއާ - ހައު ފާ އަ ވިލް ގޯ (މޮއާނާ)
- ބެސްޓް ޕްރޮޑިއުސަރ - ގްރެގް ކާސްޓިން
- ބެސްޓް މިއުޒިކް ފިލްމު - ވޭރިއަސް އާޓިސްޓްސް، ދަ ޑެފިއަންޓް ވަންސް

ރޭގެ ހަފްލާއަށް ގިނަ ފަންނާނުން ހާޒިރުވީ ހުދު ފިނިފެންމަލެއް ހިފައިގެންނެވެ. ހުދު ފިނިފެންމާ ބޭނުންކޮށްފައިވަނީ ޖިންސީ ފުރައްސާރައާއި ދެކޮޅުކަން ހާމަ ކޮށްދޭ ރަމްޒެއްގެ ގޮތުގައި އެވެ. އަދި ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް ސަޕޯޓް ދިނުމުގެ ގޮތުންނެވެ.
ރޭގެ ހަފްލާގައި ޕޮޕް ސްޓާ ކެޝާ ވަނީ ވަރަށް ވަރުގަދަ ހުށަހެޅުމެއްވެސް ހުށަހަޅާދީފައެވެ. އެއީ އޭނާއަށް ކުރިމަތިވި ފުރައްސާރަތަކުން ސަލާމަތްވެފައިވާ ގޮތުގެ ވާހަކަ ކިޔާދެމުން ހުށަހަޅައިދިން ލަވައެކެވެ.
ކިޔުންތެރިންގެ ހިޔާލު