
މާލެ އަތޮޅު ތެރެއިން ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެ އެކަކު ގެއްލިއްޖެއެވެ.
އެމްއެންޑިއެފުން ބުނީ ގެއްލިފައިވަނީ ދިވެއްސެއް ކަމަށާއި މިހާދިސާގައި އަނިޔާވި ދެމީހަކު އެހެން ދޯންޏެއްގެ އެހީތެރިކަމާއި އެކު މާލެ ގެނެސްފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ ގެއްލުނު ދިވެހި މީހާއަކީ އެކްސިޑެންޓްވި ދެލޯންޗުގެ ތެރެއިން އެއްލޯންޗު ދުއްވި ކެޕްޓަން ކަމަށެވެ.
މިހާދިސާގައި ގެއްލުނު މީހާ ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރުން އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަމުގައި ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެމްއެންޑީއެފުން ބުނީ މިހާދިސާ ހިނގާފައި ވަނީ ކ ގުޅީގެ 6 މޭލު ބޭރުގައި ކަމަށާއި ހާދިސާ ހިނގި ސަރަހައްދުގައި ކޯސްޓްގާޑު ހަރަކާތްތެރިވަމުން ދާކަމަށެވެ. އަދި އެކްސިޑެންޓްވި ދެލޯންޗަކީ އިތާފުށި 5 ނަމްބަރު ލޯންޗާއި އިތާފުށި 3 ނަމްބަރު ލޯންޗުކަމުގައިވެސް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.
މިއެކްސިޑެންޓް ހިނގިކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިރޭ އިރުއޮއްސި 7:45 ގައި ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު