
މިސްރުގެ ވެރިރަށް ގާހިރާގައި ހުންނަ އަލްއަޒްހަރު މިސްކިތުގައި މި ރަމަޟާންމަހުގެ 27 ވިލޭރޭ ކުރެވުނު ޢިޝާނަމާދުގެ ފަހުގައި މިސްކިތުގައި އަންހެނުންތަކެއް ފާފަ ފުއްސެވުންއެދި ދުޢާކުރާއިރު، އެއްބަޔަކު ކަރުނައަޅައި ރޮނީ.
ރަމަޟާން މަހުގައި ލައްވާފައިވާ އެންމެ މަތިވެރި ނިއުމަތަކީ ލައިލަތުލް ޤަދްރިވިލޭރޭ އެމަހުގައި ލައްވާފައިވުން. އެރެއަކީ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެއް. ލައިލަތުލް ޤަދްރިވިލޭރެއަކީ ސީދާ ކޮންް ރެއެއްކަން ނޭނގޭއިރު، ރަމަޟާންމަހުގެ ފަހުދިހައިގެ ރޭތަކަށް މުސްލިމުން ތިބެނީ ސަމާލުވެގެން.
ކީރިތި ޤުރްއާނަކީ އެންމެ މާތް ފޮތްކަމުގައި ވާއިރު، ކީރިތި ޤުރުއާން ބާވައިލައްވަން ފަށްޓަވާފައިވަނީ ލައިލަތުލް ޤަދްރިވިލޭރޭގައި ކަމަށްވޭ. ލައިލަތުލް ޤަދްރިވިލޭރެއަކީ 83 އަހަރާއި 4 މަސް ވަންދެއް ﷲއަށް އަޅުކަން ކުރުމުން ލިބޭ ސަވާބު އެއްރެއަކުން ލިބޭ ރެއެއް.
އެރެއަށް "ލައިލަތުލް ޤަދްރި" މިނަމުން ނަން ދެވުނު ސަބަބުކަމަށް ޢިލްމުވެރިން ލިޔުއްވާ ގޮތުގައި، އެއީ އެ ރޭގެ މަތިވެރިކަމާއި ޝަރަފަށްޓަކާ ކިޔުނު ނަމެއް. ޢަރަބި ބަހުގައި "القدر" ޝަރަފާއި މަތިވެރިކަމުގެ މާނާގައި ބޭނުންކުރެވޭ. ނުވަތަ އެއީ އެރޭ އެ އަހަރުގެ ހުރިހާކަމެއް މިންވަރު ކުރެވޭތީ ކިޔުނު ނަމެއް. ނުވަތަ އެއީ އެރޭގެ އަޅުކަމަށް ހުރި ސަވާބުގެ ގިނަކަމުން ކިޔުނު ނަމެއް.
ކިޔުންތެރިންގެ ހިޔާލު