10:25 AM
    24th Jul 2019
03 މެއި

އަހަރުގެ ނޫސްވެރިޔާގެ އެވޯޑް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ތައާރަފު ކުރި "ޖާނަލިސް އޮފް ދަ އިޔާ" ގެ އެވޯޑުގެ 2013 ވަނަ އަހަރުގެ އެވޯޑްތައް ހަވީރު އޮންލައިންގެ ފަޒީނާ އަހުމަދާއި ދިވެހި ރާއްޖޭގެ އަޑުގެ އަހުމަދު ނައުޝާދަށް ލިބިއްޖެ އެވެ. މިއީ ރާއްޖޭގެ ނޫސްވެރި ކަމުގެ 80 އަހަރުވީ ތާރީހުގައި މިފަދަ ގޮތަށް ނޫސްވެރިންނަށް އެވޯޑް ދިން ފުރަތަމަ ފަހަރެވެ. އެވޯޑާއެކު ފަޒީ އާއި ނައުޝާދާއި ދެ ނޫސްވެރިންނަށް ވެސް 10،000ރ. ގެ ފައިސާގެ އިނާމު ދިނެވެ.