09:39 AM
    24th Jul 2019
04 މެއި

އިޓާލިޔަން ކަޕް ނަޕޯލީއަށް

ފިއޮރެންޓީނާ 3-1އިން ބަލިކޮށް އިޓާލިއަން ކަޕް ފުޓްބޯޅަ މުބާރާތް ނަޕޯލީ ކާމިޔާބުކޮށްފި އެވެ. ލިވަޕޫލާއި ޗެލްސީގެ ކުރީގެ ކޯޗު ރަފާ ބެނީޓޭޒް ކޯޗުކޮށްދިން ނަޕޯލީ މެޗުން މޮޅުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ މެޗުގެ ވަރަށް ކުރީކޮޅު ދެ ލަނޑު ޖެހި ލޮރެންސޯ އިންސިގްނޭ އެވެ. މެޗުގެ ހަތް ވަނަ މިނިޓާއި 11 ވަނަ މިނިޓްގައި އޭނާ ޖެހި މި ދެ ގޯލަށް ފަހު ފިއޮރެންޓީނާގެ ހުއާން ވާގަސް ލަނޑު ޖެހި ނަމަވެސް މެޗުގެ ފަހު ވަގުތުގައި އިތުރު ލަނޑެއްޖެހީ ވެސް ނަޕޯލީ އެވެ.