10:02 PM
    20th May 2019
04 މެއި

ނައިޓް މާކެޓް

މިމަހުގެ ދެވަނަ ދުވަހުގެ ރޭ ފެށި ނައިޓް ފެށީ މައްސަލަގަނޑެއްގެ ތެރެއިންނެވެ. ނައިޓްމާކެޓާބެހޭ މައްސަލައެއް އޭސީސީން ޕީޖީއަށް ފޮނުވާފައިވާއިރު މާކެޓް ހުއްޓާލާނީ ކޯޓެއްގެ ހުކުމަކުން އަމުރު ކުރުމުން ކަމަށް މާކެޓް ބާއްވާ ގޯމީޑިއާއިން ބުނެ އެވެ. ގޯ މިޑިއާއިން ބުނަނީ ކޯޓުން ވަކި ގޮތަކަށް އަމަލު ކުރަން އަންގައިފިނަމަ އެ ކުންފުނިން އެގޮތަށް އަމަލު ކުރާނެ ކަމަށެވެ. އަދި މިވަގުތު އެ މައްސަލައާއި ގުޅޭ އެއްވެސްކަމަކަށް އެކުންފުނިން އަމަލު ކުރަން ނުޖެހޭނެ ކަމަށެވެ. ނައިޓް މާކެޓް ފެށި ނަމަވެސް ވިއްސާރައާއެކު މާކެޓްގެ ފޯރި ވަނީ ފެންވެފަ އެވެ.