10:18 PM
    14th Dec 2018
28 ޖޫން

ހަނދު ސާބިތު ކުރުމުގެ ޖަލްސާ

މާލެ، ޖޫން 27، 2014: މިއަހަރުގެ ޖޫން މަހުގެ 28 ވާ ހޮނިހިރު ދުވަހަކީ މިހިނގާ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމަށް ނިންމައި މިއަހަރުގެ ރަމަޒާންމަހުގެ ފުރަތަމަ ދުވަހަކީ މިޖޫން މަހުގެ 29 ވާ އާދީއްތަ ދުވަސްކަމުގައި ކަނޑައަޅައި އިސްލާމިކް މިނިސްޓްރީން އެކަން އިއުލާން ކުރި އެވެ. ރޭ ބޭއްވި ހަނދާއި ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި މިގޮތަށް ނިންމައި މިނިސްޓާ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތްޕުޅުން އިއްވެވި ސާދަސަތޭކަ ތިރީސް ފަސްވަނަ އަހަރުގެ ރަމަޒާން މަހުގެ ބަޔާނުގައި ބުނެފައިވަނީ، ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ހަނދު ފެނުނުކަމުގެ މައުލޫމާތު ލިބިފައިވާ ނުވާކަމަަށާއި އެކޮމެޓީން އެގޮތަށް ނިންމުމާއި ހަމައަށް އިސްލާމީ އެއްވެސް ޤައުމަކަށްވެސް ހަނދު ފެނުނު ކަމުގެ ރަސްމީ ޚަބަރެއް ލިބިފައިނުވާކަމަށެވެ.