10:46 PM
    14th Dec 2018
28 ޖޫން

އޯޑިއޯން ވަގުތީ މިސްކިތް ހުޅުވުން

މާލެ، ޖޫން 28، 2014: އޯޑިއޯން ހުރި ބިމުގައި ރޯދަ މަހަށް ހާއްސަކޮށްގެން ހެދި މިސްކިތް މިއަދު ހުޅުވައިފިއެވެ. އަސްރު ނަމާދުގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި މިސްކިތް ހުޅުވައިދެއްވީ ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު އުމަރު ޒާހިރެވެ. ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވީ އެތަނުގައި ވަގުތީ މިސްކިތެއް ހެދުމަށް ދެ މިލިޔަނެއްހާ ރުފިޔާ ހޭދަވި ކަމަށެވެ.