އޭއެފްސީކަޕް ފުޓްބޯޅަ މުބާރާތުގައި މާދަމާ ހަވީރު ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ސިންގަޕޫރުގެ ބަލެސްޓިއާ ޚަލްސާ ކުޅޭ މެޗުގެ ވީއައިޕީ ޓިކެޓެއް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދަށް ނިއުއިން ދީފި އެވެ.
ސާއިދުއާއި މިއަދު ޓިކެޓް ހަވާލުރީ ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ހަވީރު އޮތް ނިއުގެ ފަރިތަކުރުމުގެ ތެރޭގައި އެކުލަބުގެ ބޯޑު މެމްބަރު އައިޝަތު ނާޒިމާއެވެ.
މާދަމާ ހަވީރު 4:00 ގައި ރަސްމީ ދަނޑުގައި ސިންގަޕޫރު ޓީމާ ދެކޮޅަށް ނިއު ނިކުންނައިރު އެޓީމުުގެ ކެޕްޓަނަކަށް ހަމަޖައްސާފައި ވަނީ މުހައްމަދު ރަޝީދު (ހޮކޭ) އެވެ. އަދި ވައިސް ކެޕްޓަނަކަށް ހަމަޖައްސާފައި ވަނީ ރިލްވާން ވަހީދު (ކަކާ ރިލޭ) އާއި އަހުމަދު ނިޔާޒް (ނިޔާ) އެވެ.