ޏ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުގެ އާ އިމާރާތް މިއަދު ހުޅުވައިފި އެވެ.

ފުވައްމުލަކުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިސެންޓަރު ހުޅުވައިދެއްވީ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާ އާއި ހަވާލުވެ ހުންނެވި ބަންޑާރަނައިބް މުހައްމަދު އަނިލް އެވެ.

ފުވައްމުލަކުގައި މި ސެންޓަރުގެ ހިދުމަތް ދޭން ފަށާފައިވަނީ 2007 ވަނަ އަހަރުގެ ތެރޭގަ އެވެ.

މި ސެންޓަރުގެ އާ އިމާރާތް މިއަދު ހުޅުވިއިރު ހިދުމަތް ދިނުމަށް ބޭނުންވާ ބައެއް ވަސީލަތްތައް އިތުރުކޮށް ހިދުމަތް ދިނުމަށް ބޭނުންވާނެ ރަނގަޅު މާހައުލެއް އިމާރާތުގައި ވަނީ ގާއިމުކޮށްފަ އެވެ. އެގޮތުން އޮފީސްބަޔަކާއި މީޓިން ރޫމަކާއި ޗައިލްޑް ފްރެންޑްލީ ރޫމެއްގެ އިތުރުން ސައިކޯ ސޯޝަލް ސަޕޯޓް ދިނުމަށް ބޭނުންވާނެ ތަނެއްވެސް ވަނީ ހަދާފަ އެވެ.