ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ، ރައީސްގެ މަގާމަށް މީހަކު އިންތިހާބުކުރުމަށް ހަމަޖެހިފައި އޮތީ އަންނަ މަހުގެ 16 ވަނަ ދުވަހު އޮންނަ އެއެސޯސިއޭޝަންގެ ކޮންގްރެސްގައި ކަަމަށެވެ. އަދި ރައީސްގެ މަގާމްއިތުރުން އެއެސޯސިއޭޝަންގެ އެހެން މަގާމްތަކަށް ވެސް މީހުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އިންތިހާބު ކުރާ މިހުންގެ ދައުރަކީ ހަތަރު ކަމަށް ވެސް ބެޑްމިންޓަން އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
މި މަގާމުތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ.
މި ގޮތުން ފުރުސަތު ހުޅުވާލާފައިވާ މަގާމުތަކަކީ ރައީސާއި ނާއިބް ރައީސް އަދި ހަޒާންދާރާއި އެގްޒެކެޓިވް ކޮމިޓީގެ ފުރިހަމަ މެމްބަރުން ތަމްސީލުކުރާ މެމްބަރަކަށާއި އެސޯސިއޭޓް މެމްބަރުން ތަމްސީލުކުރާ މެމްބަރަކާއި ފަރުދީ މެމްބަރުން ތަމްސީލުކުރާ މެމްބަރަކަށާއި އަންހެން މެމްބަރެއްގެ މަގާމް ކަަމށް ވެސް ބެޑްމިންޓަން އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުގެ ރައީސްގެ މަގާމްގައި މިވަގުތު ހުންނެވީ ކުރީގެ ގައުމީ ޗެމްޕިއަން މޫސާ ނާޝިދެވެ.