ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޕޭމަންޓް ގޭޓްވޭގެ ހިދުމަތް ހުރިހާ ވިޔަފާރިތަކަށް ވެސް ހުޅުވާލުމަށް ނިންމައިފި އެވެ.
ބީއެމްއެލްގެ ޕޭމަންޓް ގޭޓްވޭގެ ހިދުމަތް ހުރިހާ ވިޔަފާރީތަކަށް ހުޅުވާލުން އިފްތިތާހު ކޮށްދެއްވީ މިއަދު ކ. މާފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާއި ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ އެވެ.
ބީއެމްއެލްގެ ޕޭމަންޓް ގޭޓްވޭ ހިދުމަތް ދެމުންގެންދާތާ ދުވަސްކޮޅެއްވެއްޖެ އެވެ. ނަމަވެސް ކުރިން މިހިދުމަތް ދެމުންގެންދިޔައީ ފާހަގަކޮށްލެވޭ ބޮޑެތި ކުންފުނިތަކަކަށެވެ.