ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފަރުނީޗަރުގެ ވިޔަފާރި ކުރާ ކުންފުންޏެއް ކަމަށްވާ ދަމާސް ފަރުނީޗަރުގެ ފަރާތުން ކުރިއަށް ގެންދިޔަ އިޔާރ އެންޑް ސޭލް 2015 ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފިއެވެ.

މިއަދު ހަވީރު އިންޑެކްސް ފަރުނީޗަރު ފިހާރައިގައި ކުރިއަށް ދިޔަ ހަފްލާއެއްގައި ވަނީ އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ދިޔަ ފަރާތްތައް ގުރުއަތުން ހޮވާފައެވެ.

އެއްވަނަ އިނާމަކަށް ލަންކާ ދެކޮޅު ޓިކެޓާއި 500 ޑޮލަރު ދިނުމަށް ހަމަޖެހިފައިވާ މި ޕްރޮމޯޝަންގެ 1 ވަނަ ލިބުނީ ނ. ވެލިދޫ އާގިލް ހުސެއިނަށެވެ.

އިނާމާއި ހަވާލުމަށްފަހު ވީ ނިއުސްއަށް މައުލޫމާތުދެމުން އާގިލް ބުނީ މިއީ މިފަދަ އިނާމެއް ލިބުނު ފުރަތަމަ ފަހަރު ކަމަށާއި އޭނާ މި ޕްރޮމޯޝަންގައި ބައިވެރިވީ 6000 ރުފިޔާގެ އެނދަކާއި ގޮދަޑިއެއް ގަނެގެން ކަމަށެވެ.

"އަސްލު ވަރަށް އުފާވޭ، ވަރަށް ބޮޑަށް ޝުކުރިއްޔާ ދަމާސްއަށް " އާގިލް ބުންޏެވެ.

މި ޕްރޮމޯޝަންގެ 2 ވަނަ ލިބުނީ ހއ. ފިއްލަދޫ އަތާއުﷲ ހަސަންއަށެވެ. އޭނައަށް ވަނީ އައިފޯން ސިކްސްއެއް ހަދިޔާ ކޮށްފައެވެ.

އަތާއުﷲ ބުނީ އޭނާ މި އިނާމު ހޯދީ ދިހަހާސް ރުފިޔާގެ ބެޑްރޫމްސެޓެއް ގަނެގެން ކަމަށެވެ.

ތިންވަނައަށް ދިޔަ ފަރާތަށް ވަނީ ދަމާސްގެ ފަރާތުން ބެޑްރޫމްސެޓެއް ހަދިޔާކޮށްފައެވެ.

މި ޕްރޮމޯޝަނާ ބެހޭގޮތުން ވީ ނިއުސްއަށް މައުލޫމާތު ދެއްވަމުން ދަމާސްގެ ހާޑްވެއަރ ޑިވިޝަންގެ މެނޭޖަރު މުހައްމަދު ރާއިދު ވިދާޅުވީ މި ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ގިނަ ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.