އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ސިންގަޕޫރުގެ ބަލެސްޓިއާ ޚަލްސާ ބައްދަލުކުރި މެޗް 2-2 ލަނޑުން އެއްވަރު ވެގެން ނިމިއްޖެ އެވެ.

ރަސްމީ ފުޓްބޯޅަ ދަނޑު މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ބެލެސްޓިއާ އިންނެވެ. އެލަނޑު މެޗުގެ 36 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ފަޒްލީ އެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ 1-0 ލަނޑުން ބަލެސްޓިއާ ކުރީގައި އޮވެގެންނެވެ.

ނިއުއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފުގެ ކުރީކޮޅެވެ. އެލަނޑު ނިއުއަށް ކާމިޔާބު ކޮށްދިނީ އިއްޒަތު އަބްދުލް ބާރީއެވެ. ނިއުއިން ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރިނަމަވެސް ބެލެސްޓިއާއިން ވަނީ އަނެއްކާވެސް މެޗުގެ ލީޑް ނަގައި ކުރި ހޯދައިފައެވެ. އެލަނޑު މެޗުގެ 69 ވަނަ މިނެޓުގައި ބެލެސްޓިއާއަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ފާދިލް އެވެ.