މިއީ ޖަޕާނުގެ ދެމަފިރިން ކަމުގައިވާ ކުރޮކީގެ ދެމަފިރިންގެ އާދަޔާ ޚިލާފު ލޯބީގެ ވާހަކައެކެވެ. ލޮލަށް ފެނުމުން މަހުރޫމް ވެފައިވާ ލޯބިވާ އަނބިމީހާގެ ހިތް އުފާކޮށްދިނުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ ކްރޮކީ ދިޔައީ ވިސްނަމުންނެވެ. ޒުވާން ދުވަހުން ފެށިގެން ލޯބިން އުޅުނު އެދެމަފިރިންގެ ހަޔާތަށް ހިތާމަވެރިކަން ވެރިވީ، ލޮލަށް ފެނުމުގެ މަތިވެރި ނަސީބު ކްރޮކީގެ އަންހެނުންނަށް ގެއްލުނު ހިސާބުން ފެށިގެންނެވެ.

ނުހަނު ލޯބިން އެކުގައި ދުވަސްތައް ހޭދަކުރަންދިއަ ދެމަފިރިންގެ ހަޔާތަށް ދެކުދިން ލިބިފައިވާއިރު، އެމީހުންގެ ދިރިއުޅުން ހިތާމައަށް ބަދަލުވީ، ކުރޮކީގެ އަންހެނުން ހަކުރުބަލީގެ ޝިކާރައަށްވެ އުމުރުން 52 އ. ގައި ލޮލުގެ ފެނުން ގެއްލުނު ހިސާބުންނެވެ. އެ ދެމަފިިރިންނަކީ ބަކަރި ހުރިހައްޕައިގެން ދިރިއުޅުމުގެ ކަންކަން ހަމަޖައްސަމުން ގެންދިއަ ދެމަ ފިރިންނެވެ. ނަމަވެސް އެބަލީގައި އަންހެނުން މާޔޫސްވެ ޑިޕްރެޝަންއަށް ގޮސް، ގެއިންވެސް ނުނިކުމެ އިންނަން ފެށިއެވެ.

ފެނުމުން މަހުރޫމުވި ހިސާބުން ފެށިގެން އަނބިމާހަށް ލިބުނު މޮޅިވެރިކަން އުފާވެރިކަމަށް ބަދަލުވާނެ ގޮތެއް ހޯދަން އޭނާ ދިޔައީ ތަފާތު ގޮތްގޮތަށް ވިސްނަމުންނެވެ. އެގޮތުން އޭނާއަށް ވިސްނުނީ ލޮލަށް ނުފެނުނު ނަމަވެސް، މީރުވަސް ދުވާނެ މާ ހައްދައި އެއިން އަންހެނުންގެ ހިތަށް އަރާމެއް ލިބޭނެ ފަދަ ބަގީޗާއެއް ހެއްދުމުގެ ވިސްނުމެވެ. އެހެންކަމުން ކުރަމުންދިއަ މަސައްކަތް ހުއްޓާލައި ގޭގެ ވަށައިގެން މާ ހައްދަން ފެށީއެވެ.