ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު ކުރީގެ ނައިބް ރައީސް އަހްމަދު އަދީބާ އެހެން ބައެއް ފަރާތްތަކުގެ މައްޗަށް ދައުވާކުރުމަށް ފުލުހުންގެ އިދާރާއިން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް މައްސަލަ ފޮނުވައިފި އެވެ.

މިމައްސަލާގައި ދައުވާކުރަން ފޮނުވީ އަދީބްގެ އިތުރުން ސިފައިންގެ ދެ ބޭފުޅުން ކަމުގައިވާ އިސްހާގު ހަސަން އާއި، އަދީބްގެ ހަށިފާރަވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ސާޖެންޓް އަހްމަދު ރިކާޒްގެ މައްޗަށެެވެ. ރިކާޒް އަކީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުޖުތާޒުގެ ކޮއްކޮ އެކެވެ.

މިމައްސަލ ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެ އެވެ.