ނިއުގެ ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ)ގެ ފަޔަށް ލިބުނު އަނިޔާގެ ސަބަބުން ދެ މަސް ދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.

ހޮކޭ އަށް އަނިޔާވީ އޭއެފްސީ ކަޕުގައި އިއްޔެ ހަވީރު ސިންގަޕޫރުގެ ބެލަސްޓިއާ އަތުން ނިއު 2-2 ލަނޑުން އެއްވަރުވި މެޗުގައެވެ.

ވީނިއުސްއާ ވާހަކަ ދައްކަމުން ނިއުގެ އޮފިޝަލަކު ބުނީ، ހޮކޭގެ ފައިގައި ރެދެއް ލާފައިވާ ކަމަށާއި އެހެން ކަމުން އޭނައަށް ލިބިފައިއެވާ އަނިޔާ މުޅިން ރަނގަޅުވާން ދެ މަސްދުވަސް ނަގާނެ ކަމަށެވެ.

އިއްޔެގެ މެޗަކީ ނިއުގެ ކެޕްޓަން ބޭންޑް އަޅައިގެން ހޮކޭ ކުޅުނު ފުރަތަމަ މެޗެވެ.

ހޮކޭގެ ފައިގައި މިހާރު ވަނީ ޕްލާސްޓަރު އަޅާފައެވެ.