އެހެން އަހަރު ތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ބޭއްވުނު އެސްޓީއޯ ސުޕަމާޓް ޗޮކްލޭޓް ވީކްގެ އެއްވަނައަށް އަހުމަދު ނާފިއު ހޮވިއްޖެ އެެވެ.

ގުރު ނެގުމަށް ހާއްސަ ކޮށް އެސްޓީއޯ ސުޕަމާޓްގައި ކުރިއަށް ގެންދިޔަ ހަފްލާގައި ޗޮކްލޭޓް ވީކްގެ ގުރު ނަންގަވައިދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރ އަބްދުލް ވާހިދު މޫސާ އެވެ.

މިގޮތުންޗޮކޮލެޓްގެ ތަފާތު ވައްތަރުތައް ހިމެނޭގޮތަށް ގިފްޓްޕެކްތަކެއް އިނާމުގެ ގޮތުގައި ލިބިގެންދާ ޗޮކްލޭޓް ވީކްގެ ދެވަނައަށް ހޮވިފައިވަނީ މުހައްމަދު މުފީދު ކޫޕަން ނަންބަރ 2246 އަދި ތިންވަނަ ނަސީބު ވެރިއަކަށް ހޮވިފައިވަނީ އަލީ އަބޫބަކުރު ކޫޕަން ނަންބަރ 2458 އެވެ.

މީގެ އިތުރުން ޗޮކްލޭޓް ވީކްގެ ތެރެއިން ވީބީއިން ކުރިއަށް ގެންދިޔަ ހާއްސަ ޕްރޮމޯޝަން ގެ ގުރުއަތު ނެގުން ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ވީބީ އިން އިމްޕޯޓް ކުރެވޭ ޗޮކްލޭޓް ގެ ބާވަތްތައް ގަނެގެން ބައިވެރިވެވޭ މި ޕްރޮމޯޝަން އަކީ ހޮވާލެވޭ ނަސީބުވެރި އެއް ފަރާތަކަށް ޓީވީ އެއް ލިބޭ ގޮތަށް ހިންގުނު ޕްރޮމޯޝަނެކެވެ. މި ޕރިޮމޯޝަންއިން ނަސީބު ވެރިއަކަށް ހޮވިފައި ވަނީ އަޝްކަރު ހުސެއިން ކޫޕަން ނަންބަރ 01577 އެވެ.