މާލެއާއި ވިލިމާލޭގައި މަރުވާ މީހުންގެ ހަށިގަނޑު ހުޅުމާލެއަށް ގެންގޮސް އެތަނުގައި ކަށުކަމާކެމީގެ ހުރިހާ ކަމަކާއި ވަޅުލުމުގެ ކަންކަން ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސައިފި އެވެ.

ހުޅުމާލޭގައި ހަދާފައިވާ ހިނަވާގެ ހުޅުވުމަށްޓަކައި މިއަދު އެތަނުގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރު މި ނިންމުމަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ.

އިސްލާމިކް މިނިސްޓުރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އަހުމަދު ވިދާޅުވީ މިއަދު ވިދާޅުވީ މާލޭގައި އާ ސަހަރާގައި މީހުން ވަޅުނުލައި ގޮތަށް ހަމަޖެއްސި ނަމަވެސް އެތަނުގައި ހުރި މިސްކިތް ނަމާދު ކުރުމަށް ބޭނުން ކުރާނެ ކަމަށެވެ. އަދި ހުޅުމާލޭގައި ވަޅުލާ މީހުންގެ ކަށު ނަމާދު ކުރާނީ ހުޅުމާލޭ ވަގުތީ މިސްކިތުގައި ކަމުގައިވެސް ވިދާޅުވި އެވެ.