އޭއެފްސީ ބީ ލައިސަންސް ސެޓްފިކެޓް ރާއްޖޭގެ ނުވަ ކޯޗަކަށް ލިބިއްޖެ އެވެ.

އެފްއޭއެމްއިން ބުނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 2 އިން 21 ކުރިއަށް ގެނދިޔަ އޭއެފްސީ ބީ ލައިސަންސް ކޯހުގައި ޖުމްލަ 18 ފަރާތަކުން ބައިވެރިވި ކަމަށާއި ކޯސްފުރިހަމަ ކުރީ 13 ފަރާތަކުން ކަމަށެވެ. އެހެން ނަމެވެސް ސެޓްފިކެޓް ހާސިލް ކުރީ ނުވަ ފަރާތަކުން ކަމަށް އެމްއޭއެމްއިން މައުލޫމާތު ދެއެވެ.

ކޯހުން ސެޓްފިކެޓް ހާސިލް ކުރި ކޯޗުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރޭ އެއްއޭއެމް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައި އެއިދާރާގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އާދިލް ޖަލީލެވެ.

ރޭ ސެޓްފިކެޓް ހާސިލްކުރި ނުވަ ކޯޗުންނަކީ ކުރީގެ މަޝްހޫރު ކުޅުންތެރިން ކަމަށްވާ މުހައްމަދު ނަޒީހު އާއި އަޝްރަފް ލުތުފީ (ސަމްޕަތު) އާއި އަހުމަދު ޝާކިރު އާއި ޔޫސުފް އަޒީމް (ޔޫއްޓޭ) އާއި އަހުމަދު އަޒްމީ އާއި މަރިޔަމް މުހައްމަދާއި ހުސައިން އައްބާސް އަދި އިބްރާހީމް މޫސާ އާއި އަހުމަދު ނިމާދެވެ.

މި ކޯޗުންގެ ތެރެއިން ނަޒީހު އަކީ މިހާރު ވިކްޓަރީގެ ހެޑްކޯޗެވެ. ސަމްޕަތަކީ ނިއުގެ އެސިސްޓެންޓް ކޯޗެވެ. ޝާކިރާއި ނިމާ އަކީ އީގަލްސްގެ އެސިސްޓެންޓް ކޯޗުންނެވެ.