ރާއްޖެއަށް އަލަށް ތައާރަފްކުރާ ހައިބްރިޑް ނުވަތަ އިލެކްޓްރިކް ޓެކްސީ އަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު އަންނަ މަހުގެ 22 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފި އެވެ.
އިކޮނޮމިކްސ މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކު މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އިލެކްޓްރިކް ޓެކްސީ ތައާރަފު ކުރުމުގެ ބޭނުމަކީ މިހާރު ދެމުންދާ ޓެކްސީގެ ހިދުމަތްތައް ފެންވަރު ރަނގަޅުކޮށް އަދި ޓެކްސީ ހިދުމަތް ޒަމާނީ ހިދުމަތަކަށް ހެދުމަށް ކަމަށެވެ.
އިލެކްޓްރިކް ޓެކްސީ އަށް ކުރިމަތިލުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވެސް ހުޅުވާލާފައިވާ ކަމަށާ މިހާރު އޮޕަރޭޓް ކުރާ ޓެކްސީ ސެންޓަރުތަކާއި މުޅިން އާ ކުންފުނިތަކަކަށް ވެސް އެކަމަށް ކުރިމަތި ލެވޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.
މިނސްޓަރު އިތުރަށް ވިދާޅުވީ އަލަށް ތައާރަފްކުރާ އިލެކްޓްރިކް ޓެކްސީ ތަކުގައި ކުރެޑިޓް ކާޑުން ފައިސާ ދެއްކޭނެ ކަމަށާ އަދި އެއީ މީޓަރު ބެހެއްޓިފައި ހުންނަ ޓެކްސީ ތަކެއް ކަމަށެވެ. ޓެކްސީ އޮޕަރޭޓް ކުރާ ފަރާތްތަކަށް ވަކި ތަމްރީނެއް ޓްރާންސްޕޯޓް އޮތޯރިޓީ އިން ދިނުމަށް ހަމަޖެހިފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިބަލަނީ މަދުވެގެން މީގެ 50 ޓެކްސީއަށް ހުއްދަދެވެނެ ކަމަށް،" ސައީދު ވިދާޅުވި އެވެ.
ޓެކްސީގެ ހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް އަންނަ މަހު 22 ވަނަ ދުވަހާ ހަމައަށް ފުރުސަތު ހުޅުވާލާފައިވާއިރު އަންނަ މަހުގެ 10 ވަނަ ދުވަހު އިލެކްޓްރިކް ޓެކްސީ ހިދުމަތާ ގުޅޭ ގޮތުން މައުލޫމާތު ދިނުން އޮންނާނެ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެެވެ.