ކްލަބް އެމްޓީސީސީގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި 5 އޮން 5 އެމްޓީސީސީ ފުޓްސަލް މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
އެމްޓީސީސީގެ މުވައްޒަފުންގެ މެދުގައި ބޭއްވި މި މުބާރާތުގައި ޖުމްލަ 15 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި 10 ފިރިހެން ޓީމާއި 5 އަންހެން ޓީމް ހިމެނެއެވެ.
ފިރިހެން ބައިގެ ޗެމްޕިއަންކަން ސްޕޯޓްސް ކްލަބް ޒިއަޒޯލާ ހޯދި އިރު އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ޓަވާ ކުއީންސް އެވެ. މުބާރާތުގެ ވަނަވަނައަށް އަށް ހޮވުނު ޓީމް ތަކަށާއި ކުޅުންތެރިންނަށް ހަނދާނީ ލިޔުމާއި ތަށި ހަވާލްކޮށްދެއްވީ އެމްޓީސީސީގެ އިސްވެރިންނެވެ. ޗެމްޕިއަން ޓީމް ތަކަށް ތަށްޓާއި މެޑަލް ހަވާލުކޮށްދެއްވީ އެމްޓީސީސީ ބޯޑުގެ ޗެއާޕާސަން ހުސެއިން ސާލިމް މުހައްމަދު އެވެ.
މި މުބާރާތުގައި ޖުމްލަ 35 މެޗު ވަނީ ކުޅެފައި،، މިއީ ކޮންމެ އަހަރަކުވެސް އެމްޓީސީސީން ބާއްވަމުން އަންނަ މުބާރާތެކެވެ.