ސިފައިންގެ ތެރޭގައި ބަންދުކޮށްފައި ބެހެއްޓުމަށްފަހް ދޫކޮށްލި އެމްއެންޑީއެފްގެ މާލޭ އޭރިޔާގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފަޔާޒް ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ރައީސް ދަތުރުކުރައްވަނިކޮށް ރިޔުާސީ ލޯންޗު ފިނިފެންމާގައި އެއްޗެއް ގޮއްވާލި ހާދިސާއާއި ގުޅިގެންނެވެ.
މީގެ އިތުރަށް އިތުރު ދެ މީހަކުވެސް މިމައްސަލައާއި ގުޅިގެން މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އެމީހުންގެ ތަފްސީލްވެސް ދިނުމަށް ފުލުހުން ވަނީ ދެކޮޅު ހަދާފައެވެ. މި ތިންމީހުންވެސް ހައްުޔަރުކޮށްފައިވަނީ ރިޔުާސީ ލޯންޗު ފިނިފެންމާގެ ހާދިސާއާއި ގުޅިގެންކަމަށް ފުލުހުންގެ މީޑިއާ އޮފިސަރު ވަނީ ވީނިއުސްއަށް ވަނީ ޔަގީންކޮށްދެއްވާފައެވެ.
ފަޔާޒްގެ އިތުރަށް ދެން ހައްޔަރުކޮށްފައިވަނީ ފިނިފެންމާގެ ހާދިސާގެ ތުހުމަތު އެންމެ ބޮޑަށް ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޮޑީގާޑް ކޯޕްރަލް އަހްމަދު އާމިރާއި ސާޖަންޓް އަހްމަދު ރިކާޒެވެ.
މިތިން މީހުން ހައްުޔަރުކޮށްފައިވަނީ ސިފައިން ގޭގައި ގިނަ ދުވަސްތަކެއް ވަންދެން ބޭތިއްބުމަށްފަހް މިއަދު އެމީހުން ދޫކޮށްލުމުން ކޯޓް އަމުރެއްގެ ދަށުންކަމަށް ވަނީ މައުލުމާތު ލިބިފައެވެ.
ރިޔާސީ ލޯންޗުގެ ހާދިސާއާއި ގުޅިގެން ތިން މީހަކު ހައްޔަރުކުރިއިރު ރަސްމީ ލޯންޗުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް މައްސަލަ ވަނީ ފޮނުވާފައެވެ.
މިމައްސަލާގައި ދައުވާކުރުމަށް ފޮނުވީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބްގެ އިތުރަށް ސިފައިންގެ ދެ ބޭފުޅުން ކަމުގައިވާ އިސްހާގު ހަސަން އާއި، އަދީބްގެ ހަށިފާރަވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ސާޖެންޓް އަހްމަދު ރިކާޒްގެ މައްޗަށެވެ.