ދހުޅުލެއާއި މާލެއާއި ދެމެދު ބްރިޖު އެޅުމަށް ބޭނުންވާ ތަކެއްޗާއި މެޝިނަރީ ހިފައިގެން ޗައިނާގެ ބިޔަ އުޅަނދެއް މިއަދު މާލެ އަތުވެއްޖެ އެވެ.

މި ބޯޓް ކައިރިކޮށްފައިވަނީ ބްރިޖު އެޅުމަށް ހަމަޖެހިފައިވާ ރާޅުގަނޑާ ދިމާލަށެެވެ.

މިއުޅަނދުގައި ހަތަރު ބާޖާއި ބޮޑު ޓަގް ބޯޓެއްގެ އިތުރުން ފްލޯޓިން ބާޖެއްވެސް އެބައޮތެވެ. މީގެ އިތުރުން އެހެނިހެން ބައެއް ސާމާނު ވެސް ހުރި އިރު އެ ސަރަހައްދުގައި ހައުސިން މިނިސްޓްރީގެ ބައެއް އިސް ބޭފުޅުން އެބައުޅުއްވަ އެވެ.

ބްރިޖު އެޅުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާތީ ރާޅުގަނޑު ސަރަހައްދުގެ ބޮޑު ބައެއް މިހާރު ވަނީ ބަންދުކޮށްފަ އެވެ.