ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާ އަށް އާ ރައީސަކު ހޮވަން މާދަމާ ބާއްވާ އިންތިބާހުގައި ވޯޓުލާން އެފްއޭއެމްގެ ޓީމު ރޭ ސްވިޒަލޭންޑަށް ފުރައިފި އެވެ.
ސްވިޒަލޭންޑަށް ރޭ ދިޔަ ޓީމުގައި ހިމެނެނީ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދާއި އަލީ އުމަރު އަދި ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލެވެ.
ވީނިއުސްއާ ވާހަކަ ދައްކަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، ފިފާގެ އިންތިހާބުގައި ރާއްޖޭގެ ވޯޓް ޝެއިހް ސަލްމާނަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"ފީފާ އިންތިހާބުގައި ރާއްޖޭގެ ވޯޓް ސަލްމާނަށް ދިނުމަށް ނިންމީ އޭއެފްސީގެ ގައުމުތަކާ އެކު ކުރެވުނު މަސްވަރާތަކަށްފަހު." ބައްސާމް ވިދާޅުވިއެވެ.
ފީފާގެ އިންތިހާބުގައި ސަލްމާންގެ އިތުރުން ދެން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަކީ ފީފާގެ ކުރީގެ ނައިބް ރައީސް އުރުދުންގެ ޕްރިންސް އަލީ ބިން ހުސެއިން އާއި ޔުއެފާގެ ޖެނެރަލް ސެކްރެޓަރީ ޖިއާނީ އިންފަންޓީނޯ އާއި ފީފާގެ ކުރީގެ އެގްޒެކެޓިވް ފްރާންސްގެ ޖެރޯމް ޝެމްޕޭން އަދި ދެކުނު އެފްރިކާގެ މަހުޖަނު ޓޯކިއޯ ސެކްވޭލް އެވެ.