ސިފައިންގެ ތެރޭގައި ބަންދުކޮށްފައި ބެހެއްޓުމަށްފަހް ދޫކޮށްލި އެމްއެންޑީއެފްގެ މާލޭ އޭރިޔާގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒުއާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޮޑީގާޑް ކޯޕްރަލް އަހްމަދު އާމިރާއި ސާޖަންޓް އަހްމަދު ރިކާޒުގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
މި ތިންމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ އިއްޔެ ފުލުހުން އެމީހުންގެ ހައްޔަރުކުރުމަށްފަހް ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުންނެވެ.
ކްރިމިނަލް ކޯޓުން ވަނީ ފަޔާގްއާއި އާމިރުގެ އިތުރަށް ރިކާޒުގެ ބަންދަށްވެސް ފަނަރަ ދުވަސް ޖަހައިދީފައެވެ.
ފަޔާޒްއާއި އާމިރު އަދި ރިކާޒުވެސް ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ރައީސް ދަތުރުކުރައްވަނިކޮށް ރިޔުާސީ ލޯންޗު ފިނިފެންމާގައި އެއްޗެއް ގޮއްވާލި ހާދިސާއާއި ގުޅިގެންނެވެ. މި ތިންމީހުންވެސް ހައްުޔަރުކޮށްފައިވަނީ ރިޔުާސީ ލޯންޗު ފިނިފެންމާގެ ހާދިސާއާއި ގުޅިގެންކަމަށް ފުލުހުންގެ މީޑިއާ އޮފިސަރު ވަނީ ވީނިއުސްއަށް ވަނީ ޔަގީންކޮށްދެއްވާފައެވެ.
ފަޔާޒްގެ އިތުރަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޮޑީގާޑް ކޯޕްރަލް އަހްމަދު އާމިރާއި ސާޖަންޓް އަހްމަދު ރިކާޒު ހައްުޔަރުކޮށްފައިވަނީ ސިފައިން ގޭގައި ގިނަ ދުވަސްތަކެއް ވަންދެން ބޭތިއްބުމަށްފަހް އިއްޔެ އެމީހުން ދޫކޮށްލުމުން ކޯޓް އަމުރެއްގެ ދަށުންކަމަށް ފުލުހުން ބުނެއެވެ.
ރިޔާސީ ލޯންޗުގެ ހާދިސާއާއި ގުޅިގެން ތިން މީހަކު ހައްޔަރުކުރިއިރު ރަސްމީ ލޯންޗުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް މައްސަލަ ވަނީ ފޮނުވާފައެވެ.
މިމައްސަލާގައި ދައުވާކުރުމަށް ފޮނުވީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބްގެ އިތުރަށް ސިފައިންގެ ދެ ބޭފުޅުން ކަމުގައިވާ އިސްހާގު ހަސަން އާއި، އަދީބްގެ ހަށިފާރަވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ސާޖެންޓް އަހްމަދު ރިކާޒްގެ މައްޗަށެވެ.