ސިފައިންގެ ބައެއް އޮފިސަރުންނަށް މަގާމުގެ ކުރިއެރުން ދީފި އެވެ.
ބަންޑާރަކޮށީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މަގާމުގެ ކުރިއެރުން ލިބުނު އޮފިސަރުންނަށް މަގާމު ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރެވެ.
މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ބައިވެރިވެވަޑައިގެންނެވިއެވެ.