ފޮރިން މިނިސްޓްރީ ހިންގެވުން ޑރ. މުހައްމަދު ޝައިނީ ހަވާލުކުރައްވައިފި އެވެ.
ޑރ. ޝައިނީއާ ފޮރިން މިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން ހަވާލުކުރައްވާފައި މިވަނީ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ރަސްމީ ދަތުރުފުޅެއްގައި އިއްޔެ ޔޫއޭއީ އަށް ވަޑައިގަތުމާ ގުޅިގެންނެވެ.
ދުންޔާގެ މިދަތުރުފުޅުގައި ޔޫއޭއީގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިންގެ ހާއްްސަ ސިޓީފުޅެއް ރައްދުކުރައްވާނެ އެވެ.