ޖަސްޓިސް ބިލްޑިން ކުރިމަތިން އޮންނަ ފަރީދީގޯޅި ހިނގާފައި އުޅޭ ގޮތަށް ހަމަޖައްސައިފި އެވެ.

ހައުސިން މިނިސްޓަރު މިއަދު ކުރެއްވިި ޓްވީޓެއްގައި ވަނީ މިކަން ޔަގީންކޮށްދެއްވާފަ އެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ ފަރީދީގޯޅި މިއަދުން ފެށިގެން ހިނގާފައި އުޅޭ ގޯޅިއެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން އެ ގޯޅިއަށް ދުއްވާ އެއްޗިއްސަކަށް ނުވަދެވޭނެ އެވެ.

މާލޭގެ ބައެއް ހަނިގޯޅިތަކަށް ވެހިކަލް ވަނުން މަނާކުރަނީ އެ ގޯޅިއެއްގެ އުޅޭ ރައްޔިތުން އެކަމަށް އެދުމުން ކަމަށް ހައުސިން މިނިސްޓްރީން މީގެ ކުރިން ބުނެފައިވެ އެވެ.