މޯލްޑިވްސް ނޭޝަނަލް ކްލަބު ޗެމްޕިއަންޝިޕް ޗެސް މުބާރާތުގެ ޗެމްޕިއަންކަން ޓީސީ ސްޕޯޓްސް ކްލަބު ހޯދައިފި އެވެ.

މޯލްޑިވްސް ޗެސް ފެޑެރޭޝަނުން އިންތިޒާމް ކޮށްގެން ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ޓީސީ ހޯދީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް، 5 ޕޮއިންޓް ހޯދައިގެންނެވެ. އަދި މި މުބާރާތުގެ ރަނަރަޕް ޓީމަކަށް ހޮވުނު މިލަދޫ ސްޕޯޓްސް ކްލަބަށް ލިބިފައި ވަނީ 4 ޕޮއިންޓެވެ. މީގެ އިތުރުން ތިންވަނަ ޓީމަކަށް ހޮވުނު ޑީއެކްސް ސްޕޯޓްސް ކްލަބަށް ލިބިފައި ވަނީ 3 ޕޮއިންޓެވެ.

ޖުމްލަ 20 ކުޅުންތެރިއަކު ބައިވެރިވި މި މުބާރާތުގައި ހަތަރު ޓީމު ވަނީ ވާދަކޮށްފައެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަކީ މިލަދޫ ސްޕޯޓްސް ކްލަބް، ގާމަގު ސްޕޯޓްސް، ޓީސީ ސްޕޯޓްސް ކްލަބް އަދި ޑީއެކްސް ސްޕޯޓްސް ކްލަބެވެ.

ކްލަބު ޗެމްޕިއަންޝިޕް ޗެސް މުބާރާތް ރޭ ނިމުނު އިރު މޯލްޑިވްސް ޗެސް ފެޑެރޭޝަން ޗެމްޕިއަންޝިޕް ޗެސް މުބާރާތް މިރޭ ފަށާނެ ކަމަށް ޗެސް ފެޑެރޭޝަންއިން މައުލޫމާތުދެ އެވެ.