ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ ވާދައިގެ ތަށްޓަށް ކުޅެވޭ ފުރަތަަމަ ސީޖީ އޯޕަން އެއިޓްބޯލް ބިލިއާޑް ޓޯނަމަންޓް މިއަދު ފަށައިފި އެވެ.
މި މުބާރާތް ހުޅުއްވައިދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނެއިދުއެވެ.
ކަސްޓަމްސް ރިކްރިއޭޝަން ކްލަބު (ސީ.އާރު.ސީ) ގެ ފަރާތުން އިންތިޒާމުކޮށްގެން މިއަދުން ފެށިގެން އަންނަ މަހުގެ 9 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާ މިމުބާރާތުގައި ތަފާތު 02 ޑިވިޜަނަކުން ވަނީ ބައިވެރިވެފައެވެ. އެއީ ފުރަތަމަ ޑިވިޜަންގައި 22 އަދި ދެވަނަ ޑިވިޜަންގައި 42 އޮފިސަރުންނެވެ.
މިމުބާރާތުގެ މަޤުޞަދަކީ ކަސްޓަމްސް މުވައްޒަފުންގެ މެދުގައި ބިލިއާޑުގެ ޝައުޤުވެރިކަން އިތުރުކޮށް ކުޅުންތެރިން އުފެއްދުމާއި، މުވައްޒަފުންގެ މެދުގައި އެކުރެވިކަމާއި އެއްބައިވަންތަކަން އާލާކުރުން ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.