ރާއްޖޭގައި މަސައްކަތް ކުރާ އެކި ގައުމުތަކުގެ ރައްޔިތުން ފަސް ބިލިއަނަށް ވުރެ ގިނަ ރުފިޔާ މިދިޔަ އަހަރުގެ ތެރޭގައި އެމީހުންގެ ގައުމަށް ފޮނުވާފައިވާ ކަަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފި އެވެ.

އެމްއެމްއޭ އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން ރާއްޖޭގައި މަަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންގެ މުސާރައިގެ ގޮތުގައި މިދިޔަ 355 މިލިއަން ޑޮލަރު ނުވަތަ 5.47 ބިލިއަން ރުފިޔާ އެމީހުންގެ ގައުމަށް ފޮނުވާފައިވާ ކަމަށެވެ.

ރާއްޖޭގައި 135000 ބިދޭސީން މަސައްކަތް ކުރާނެ ކަަމަށް ދައުލަތުގެ މުއައްސަސާތަކުން ދަނީ ބުނަމުންނެވެ.

ބިދޭސީން އެމީހުންގެ ގައުމަށް ފޮނުވާ ފައިސާ ރެމިނެންޓް ފީއެއް މިއަހަރުން ފެށިގެން ނަގަމުން ގެންދިއުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

އެގޮތުން ރެމިނެންޓް ފީގެ ގޮތުގައި މިއަހަރު 56 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް މިއަހަރުގެ ބަޖެޓް ފޮތުގައި ޖަހާފަ އެވެ.