ބުރިޖުގެ ސަބަބުން ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ރާޅާ އަޅާފަރާތްތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވާނެކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން، އެސަރަހައްދުގައި ދިވެހި ރާޅާ އެޅުންތެރިން މުޒާހަރާ ކުރަން ފަށައިފި އެވެ.
މިމުޒާހަރާ މިއަދު ހެނދުނު 9:00 އިން ފެށިގެން ދަނީ ކުރަމުންނެވެ. މިމުޒާހަރާގައި ގިނަ އަދަދެއްގެ ރާޅާ އެޅުންތެރން ދަނީ ބައިވެރިވަމުންނެވެ. އަދި އެމީހުންގެ ޝުއޫރުތައް ފާޅު ކުރުމުގެ ގޮތުން ޗައިނާ ބަހުންނާއި ދިވެހި އަދި އިނގިރޭސި ބަހުން ލިޔެފައިވާ ޕޯސްޓަރުތައް އެސަރަހައްދުގައި ވަނީ ބަހައްޓައިފައެވެ.