ދިވެހިރާއްޖޭގައި ހިންގާ ރިސޯޓްތަކަށް ހާއްސަކޮށްގެން ޕްރިމިއަމް ފެނެއް ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުނެފި އެވެ.

އެމްޑަބްލިޔުއެސްސީ އިން މިކަން ހާމަކޮށްފައި މިވަނީ "ތާޒާ" ބްރޭންޑްގެ ފަސް ލީޓަރުގެ ފެން ފުޅި އުފައްދަން ގެނެސްފައިވާ އާ ފެން ޕްލާންޓް ބޭނުންކުރަން ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގަ އެވެ.

މިރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ ކަނޑުގެ 800-1000 މީޓަރު އަޑިން ފެން ނަގައިގެން މިނަރަލް ފެނަށް ބަދަލުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ. މިގޮތަށް އުފައްދާ ފެން ވިއްކަން ބޮޑަށް އަމާޒުކޮށްފައިވަނީ ރާއްޖޭގައި ހިންގާ 130 ރިސޯޓަށް ކަމަށްވެސް ވިދާޅުވި އެވެ. އަދި މި ޕްރޮޖެކްޓް ކާމިޔާބު ވެއްޖެނަމަ ރިސޯޓު މާކެޓަށް ފެން ފޯރުކޮށްދިނުމަށްފަހު މިބްރޭންޑްގެ ޕްރޮޑަކްޓްތައް ރައްޔިތުންނާއި ހަމައަށް ވެސް ފޯރުކޮށްދޭނެ ކަމަށެވެ.