ބުރިޖުގެ ސަބަބުން ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ރާޅާ އަޅާފަރާތްތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވާނެކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން، އެސަރަހައްދުގައި ދިވެހި ރާޅާ އެޅުންތެރިން ކުރާމުޒާހަރާއަށް ފުލުހުން ވަދެ ގިނަ ރާޅާއެޅުންތެރިން ތަކެއް މިރޭ ހައްޔަރުކޮށްފި އެވެ.

އެ ރާޅާއެޅުންތެރިން ހައްޔަރު ކުރި ވަގުތު އެސަރަހައްދުގައި ހުރި ވީނިއުސްގެ ރިޕޯޓަރު ބުނީ، ފުލުހުން މިރޭ ޖުމްލަ 11 ރާޅާ އެޅުންތެރިއަކު ޓަސްކަލޫސާ ކަންމަތިން ހައްޔަރު ކުރިކަމަށެވެ.