ޕްރިޔަންކާ ޗޯޕްޅާ އަކީ މިއަދު ބޮލީވުޑްގައި އެންމެ ހިނގާ އަދި އެންމެ ބިޒީ ބަތަލާ އެވެ.

ޕްރިޔަންކާގެ ޑިމާންޑް ބޮޑުވެ ދުނިޔޭގައި އޭނާގެ މަޝްހޫރުކަން މިފަހަކުން އިތުރުވެގެން ގޮސްފައިވަނީ އެމެރިކާގެ ޓީވީ ޝޯ "ކުއަންޓިކޯ"ގައި އޭނާ އަދާކޮށްފައިވާ ހުނަރުވެރި ރޯލުގެ ސަބަބުންނެވެ.

ޕްރިޔަންކާގެ މަޝްހޫރު ކަމާއި އެކު އޭނާ އިއްޔެ ވަނީ ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ ފިލްމީ ދާއިރާގެ އެވޯޑް، އޮސްކާ އެވޯޑް ހަފްލާގެ ރެޑް ކާޕެޓްގައި ފުރަތަމަ ފަހަރަށް ހިނގާލާފަ އެވެ. މި ހަފްލާއަށް ޕްރިޔަންކާ ދިޔައީ އެތައް އިރަކު ނުކައި ހުރެ އެވެ. ހަފްލާއަށް ދިޔައިރު އޭނާ ލައިގެން ހުރީ މަޝްހޫރު ޑިޒައިނަރު ޒުހަރު މުރާދުގެ ޑިޒައިނެއް ކަމުގައިވާ ހުދުކުލައިގެ ގައުންއެކެވެ. ނަމަވެސް ގިނަ ބައެއްގެ ލޮލުގެ ޕްރިޔަންކާ އަޅައިގަތީ އޭނާ ބޭނުންކޮށްފައި ހުރި އަގު ބޮޑެތި ގަހަނާތަކުގެ ސަބަބުންނެވެ.