ވިލިމާލެ ޕޮލިސް ކަޕްގެ ޗެމްޕިއަންކަން ޝިފްޓް އޭ ހޯދައިފި އެވެ.

މު ބާރާތުގެ ޗެމްޕިއަންކަން ޝިފްޓް އޭ އިން ހޯދީ ފައިނަލް މެޗުގައި ޝިފްޓް ސީ އާއި ވާދަކޮށް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމް އެއްވަރުވުމާއި ގުޅިގެން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީން 4-1 ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

މި މުބާރާތުގެ އެންމެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ މުއާވިޔަތު ނަޒީރެވެ. އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކަށް އިބްރާޙިމް ސަޢީދު ހޮވިފައިވާއިރު މުބާރާތުގެ ފެއަރޕްލޭޓީމަކަށް ހޮވިފައިވަނީ ޝިފްޓް ބީ އެވެ. އަދި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައި ވަނީ އިބްރާޙިމް ސަޢީދު އާއި މުއާވިޔަތު ނަޒީރު އާއި އިބްރާޙިމް ޝާހީން އާއި އިބްރާޙިމް ޝަކީބް އަދި މުހައްމަދު ހަމްދޫން އެވެ.

މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށާއި ޓީމްތަކުގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ވަނީ ހަނދާނީ ލިޔުން ދީފައެވެ.