އިނގިރޭސި ކުލަބް ޗެލްސީއަށް ކުޅެމުން އަންނަ ޒުވާން މިޑްފީލްޑަރު ރުބެން ލޮފްޓަސް ޗީކް އެ ކްލަބުގެ އެއްބަސްވުން އާކޮށްފި އެވެ.

ލޮފްޓަސް ޗެލްސީއާއެކު ހަދާފައިވާ އެއްބަސްވުން އާކުރީ 2021 ވަނަ އަހަރާ އަމައަށެވެ.

ޗެލްސީގެ އެއްބަސްވުން އާކުރުމަށްފަހު ލޮފްޓަސް ޗީކް ބުނީ، ކުލަބުގައި މަޑުކުރަން ނިންމީ ކުލަބުގެ ހުށަހެޅުންތައް ވެސް ރަނގަޅުވުމުން ކަމަށާއި ޗެލްސީ އަކީ ވަރަށް ކުޅޭ ހިތުން ކުޅޭ ހިއްވާ ކުލަބަކަށް ވާތީ ކަމަށެވެ.

"އެއްބަސްވުން އާކުރެވުމުން ވަރަށް ބޮޑަށް އުފާވޭ. އަހަރެން މިހާރު ބޭނުން ވަނީ ދަނޑުމަތިން ރަނގަޅު ކުޅުމެއް ދައްކާ އެ ކަންކަމުގެ ބަދަލު ކްލަބަށް ދޭން." އުމުރުން 20 އަހަރުގެ ލޮފްޓަސް ޗީކް ބުންޏެވެ.

ޗެލްސީގެ ޔޫތް ޓީމުން އެ ކްލަބުގެ ސީނިއާ ޓީމަށް ޕްރޮމޯޓްވި ލޮފްޓަސް ޗީކް ވަނީ އެ ކްލަބަށް މިހާތަނަށް 13 މެޗު ކުޅެދީފަ އެވެ.