ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ވައިސް ކެޕްޓަން އަދި ގައުމީ ޓީމަށް ވެސް ކުޅެފައިވާ ރިލްވާން ވަހީދު (ރިލޭ)ގެ މައްޗަށް ދައުވާ އުފުލައިފި އެވެ.
ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ރިލޭގެ މައްޗަށް އުފުލާފައިވަނީ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގުމުގެ ދައުވާ އެވެ.
މި ދައުވާ ރިލޭގެ މައްޗަށް އުފުލާފައިވަނީ އޭނާގެ ލޯބިވެރިޔާއަށް ޖިންސީ އަނިޔާ ކުރި ކަމުގެ ތުހުމަތުގައި ފުލުހުންނަށް ހުށަހެޅި މައްސަލައެއް ތަހުގީގުކުރުމަށްފަހު ފުލުހުންގެ އިދާރާއިން ޕީޖީ އޮފީހަށް މައްސަލަ ފޮނުވުމުންނެވެ.
މިމައްސަލަ އާއި ގުޅިގެން 22 ފެބްރުއަރީ 2014 ގައި ރިލޭ ހައްޔަރުކޮށްފައިވެސްވެ އެެވެ.
އަހްލާގީ މައްސަލަތަކުގައި ރިލޭ އާއި ދެކޮޅަށް އޭނާގެ ޓީމުން ވެސް މީގެ ކުރިން ތަފާތު ފިޔަވަޅުތައް އަޅާފައިވެ އެވެ.