މިދިޔަ ދެއަހަރެކޭ އެއްގޮތަށް މަކިޓާ ޕަވާ ޓޫލްސްއަށް ހާއްސަކޮށްގެން ހެއްޔާ މަކިޓާގެ ނަމުގައި ޕްރޮމޯޝަންއެއް އެސްޓީއޯއިން ފަށައިފި އެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް އަދި އެސްޓީއޯ ރީޖަނަލް 13 އައުޓްލެޓެއްގައި ކުރިއަށްދާ މިޕްރޮމޯޝަންއަކީ މަކިޓާގެ ޕަވާ ޓޫލްސްއަށް ހާއްސަ ކޮއްގެން ކުރިއަށް ގެންދާ ޕްރޮމޯޝަންއެކެވެ.

އެސްޓީއޯއިން ބުނީ މިޕްރޮމޯޝަންގައި މަކިޓާގެ ޕަވާ ޓޫލްސް ވަރަށް ހެޔޮ އަގުތަކެއްގައި ލިބެން ހުންނާނެ ކަމަށާއި ޕްރޮމޯޝަން ކުރިއަށްދާއިރު އަލަށް ތައާރަފް ކުރެވިފައިވާ އުފެއްދުންތަކުގެ ޑެމޯވެސް ކުރިއަށްދާނެ ކަމަށެވެ. އަދި އެސްޓީއޯއިން ވިއްކާ މަކިޓާ ޕަވާ ޓޫލްސްއަށް 6 މަސް ދުވަހުގެ ވޮރަންޓީވެސް އަންނަނީ ދެމުން ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަަލަށް ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.