އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގަން ލިބުނު ފުރުސަތު ލެސްޓާ ސިޓީއަށް ގެއްލިއްޖެ އެވެ.

ލެސްޓާ ސިޓީއަށް އެފުރުސަތު ގެއްލުނީ ރޭ ވެސްޓް ބްރޮމްވިޗް އަލްބިއޯންއާ ދެކޮޅަށް ކުޅުނު މެޗުން ޕޮއިންޓެއް ލިބުމާއި ގުޅިގެންނެވެ. ރޭ ކުޅުނު މިމެޗް ނިމުނީ 2-2 ލަނޑުން ދެޓީމް އެއްވަރުވެގެންނެވެ.

ރޭގެ މެޗުގައި ވެސްޓް ބްރޮމްގެ ލަނޑުތައް އެޓީމަށް ކާމިޔާބު ކޮށްދިނީ ރޮންޑޮން އާއި ގާޑްނާ އެވެ. އަދި ލެސްޓާސިޓީއަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ ޑެނިއަލް ޑްރިންކްވޯޓާ އާއި އެންޑީ ކިންގެވެ.

ލީގުގެ އެއް ވަނަ މަގާމްގައި ލެސްޓާ ސިޓީ މިވަގުތު އޮތީ 57 ވަނައިގަ އެވެ. އަދި ލީގުގެ ދެ ވަނަ މަގާމްގައި 54 ޕޮއިންޓާއެކު އޮތީ ޓޮޓެންހަމް ހޮޓްސްޕާސްއެވެ. އަދި ވެސްޓް ބްރޮމްވިޗް އޮތީ 36 ޕޮއިންޓާއެކު 13 ވަނަ މަގާމުގައެވެ.