އިޓާލިއަން ކަޕްގައި ރޭ އެލެސަންދްރިއާ އަތުން 5-0 ލަނޑުން މޮޅުވެ އޭސީ މިލާން ފައިނަލުން ޖާގަ ހޯދައިފި އެވެ.

އިޓާލިއަން ކަޕްގައި މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 0-1 ލަންޑުން ކާމިޔާބު ކުރީ ވެސް އޭސީ މިލާނުންނެވެ. އެހެން ކަމުން ރޭގެ ނަތީޖާއާއެކު އޭސީ މިލާން ފައިނަލަށް ދަތުރުކޮށްފައި މިވަނީ 0-6 ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

މިލާންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމަށް ލަނޑުތައް ކާމިޔާބު ކޮށްދިން ކުޅުންތެރިންނަކީ ދެ ލަނޑު ކާމިޔާބު ކޮށްދިން ޖެރެމީ މެނޭޒް އާއި ދެ ލަނޑު ކާމިޔާބު ކޮށްދިން އެލެސިއޯ ރޮމަގްނޯލީ އަދި މާރިއޯ ބަލޮޓޮލީއެވެ.

އޭސީ މިލާނާ ދެކޮޅަށް ފައިނަލުގައި ނުކުންނާނެ ޓީމެއް އިނގޭނީ ސެމީފައިނަލްގެ ދެވަނަ ލެގުގައި މިރޭ، އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އާއި އިންޓަމިލާން ބައްދަލުކުރާ މެޗަށް ފަހުއެވެ. މިމެޗް ކުޅޭނީ މިރޭ ރާއްޖެ ގަޑިން 12:45 ގައެވެ.

މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 0-3 ލަނޑުން ކާމިޔާބުކޮށްފައިވަނީ ޔުވެންޓަސްއެވެ.